މަހޭޝް މަންޖްރޭކަރު ޑައިރެކްޓުކުރާ ފިލްމެއްގައި ވީރް ސަވާރުކަރުގެ ރޯލުން ރަންދީޕް ހޫދާ

ރަންދީޕް ހޫދާ (ވ) ފެނިގެންދާނީ ވީރް ސަވާރުކަރުގެ ގޮތުގައި -- ފޮޓޯ/ ރަންދީޕް ހޫދާ، އިންޑިއަން އެކްސްޕްރެސް

އެކްޓަރު ރަންދީޕު ހޫދާ ދެން ފެނިގެންދާނީ މަހޭޝް މަންޖްރޭކަރު ޑައިރެކްޓުކުރާ ފިލްމެއްގައި ވީރް ސަވާރުކަރުގެ ރޯލުން ކަމަށް އޭނާ ބުނެފިއެވެ.

ސަވާރުކަރަކީ އިންޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރުމުގެ އިތުރުން، އިޖުތިމާއީ ކަންކަން ހައްލުކުރުމަށާއި ތާރީޚު ދިރާސާކުރުމަށް މަސައްކަތްކުރި އަދި ސިޔާސީ ލީޑަރެއްގެ އިތުރުން ފަލްސަފާވެރިއެއް, ލިޔުންތެރިއެއް އަދި ޅެންވެރިއެއްވެސްމެއެވެ. މި ބައޯޕިކު އިޢުލާން ކޮށްފައިވަނީ އިންޑިއާގެ ޝަހީދުންގެ ދުވަހުއެވެ.

ރަންދީޕު ބުނާ ގޮތުގައި މި ރޯލު ވެގެންދާނީ ވަރަށް އުނދަގޫ ރޯލަކަށެވެ. އަދި ވީރް ސަވާރުކަރުގެ ހަޔާތުގެ ވާހަކަ ކުޅުމުގެ ފުރުސަތު ލިބުމުން އުފާވާކަމަށް ވެސް އޭނާ ބުންޏެވެ.

މަހޭޝް މަންޖްރޭކަރު ބުނާގޮތުގައި މިއީ އިންޑިއާގެ ތާރީޚުން ހަނދާން ނައްތާލެވިފައި ހުރި މުހިންމު ވާހަކަތައް އާންމުންނަށް ގެނެސްދޭންވީ ރަނގަޅު ދަނޑިވަޅެކެވެ. އަދި މި ފިލްމު ވެގެންދާނީ ބެލުންތެރިންނަށް ތާރީޚުގެ ތެރެއަށް ދަތުރުކޮށް ލެވޭ ފަދަ އިހުސާސެއް ކުރުވާ ފިލްމަކަށެވެ.

comment ކޮމެންޓް