ސަލްމާން ޚާން ނޫސްވެރިއަކަަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލަ ބަލަނީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ނޫސްވެރިއަކަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

އިންޑިއާގެ އޭއެންއައި ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޫސްވެރިޔަކާ ބޭއަދަބީ ގޮތަކަށް މުއާމަލާތު ކުރުމުގެ ތުހުމަތުގައި ސަލްމާން އަންނަ މަހުގެ ފަހެއްގައި މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

އެއީ ނޫސްވެރިޔާ އަޝޯކް ޕާންޑޭ 2019 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށްވެސް އޭއެންއައި ނޫހުގައިވެއެވެ.

ސަލްމާންގެ އިތުރު މައްސަލައެއްގެ ޝަރީޢަތް ވެސް ކުރިއަށްގެންދާތާ މިހާރު ދިގު މުއްދަތެއްވެއްޖެއެވެ. އެއީ ޙިމާޔަތްކޮށްފައިވާ ފުއްލާތަކެއް ޤަވާޢިދާ ޚިލާފަށް ޝިކާރަކޮށް މަރާލިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއާ ގުޅޭ މައްސަލައެކެވެ.

އެ މައްސަލައިގައި އޭނާ ފަސް އަހަރަށް ޖަލަށް ލާން 2018 ވަނަ އަހަރު ޙުކުމްކުރިއެވެ. އަދި މިހާރު ކުރިއަށް ދަނީ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތަކެވެ.

comment ކޮމެންޓް