އަށް މީހަކަށް ރެހެންދި އެވޯޑް ދީފި

ރެހެންދި އެވޯޑު ހާސިލުކޮށްފައިވާ ލެފްޓިނެންޓް ފިރުޝާނާ ތައުފީޤަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ބުރޫޗް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

މިއަހަރުގެ ރެހެންދި އެވޯޑް އަށް މީހަކަށް ދީފިއެވެ.

ރެހެންދި އެވޯޑްގެ ހައްޤުވެރިންނަށް އަރުވައިފައިވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.

މިއަހަރުގެ އެވޯޑް ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ:

ނަފީސާ ޢަލީ މުނިޔާގެ - ތ. ވިލުފުށި

ވިލުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 13 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. އެ ކޮމިޓީގެ ރައީސްކަން ކުރައްވައި ރައީސްގެ ހައިސިއްޔަތުން އިޖުތިމާއި، އިޤްތިސާދީ އަދި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް އޭނާ މަސައްކަތްކުރެއްވިއެވެ.

ތ. ވިލުފުށީ، މުނިޔާގެ، ނަފީސާ ޢަލީއަށް ރައީސް ޞާލިހް ރެހެންދި އެވޯޑު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޑރ. ފާޠިމަތު މުފްލިހާ - ހ. ކަނޑިގެ ނަންބަރު 2

ތޭރަ އަހަރުގެ ތަޖުރިބާއާ އެކު މިހާރުވެސް ޞިއްޙީ ދާއިރާގައި އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އައިޖީއެމްއެޗްގެ ކޮންސަލްޓޭޓް އިން ރޭޑިއޮލޮޖީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން މުފްލިހާއަކީ އެ ހޮސްޕިޓަލްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ލެފްޓިނެންޓް ފިރުޝާނާ ތައުފީޤް - ސަންރައިސް، ގދ. ފަރެސްމާތޮޑާ

ފިރުޝާނާއަކީ އެމްއެންޑީއެފްގައި މިލިޓަރީ ނަރުހެއްގެ ގޮތުގައި ސިއްޙީ ދާއިރާއަށް ޚިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. ސެނެހިޔާގައި މަސައްކަތް ކުރައްވަމުންގެންދާވާ ފިރުޝާނާ ދަނީ އެ ހޮސްޕިޓަލުގެ ނަރުހުންގެ ހުރިހާ ކަމެއް ގާތުން މޮނިޓާކޮށް ބަލަހައްޓަވަމުންނެވެ.

ޢިއްޒަތު އަޙްމަދު ނިޒާރު - ހދ. މަކުނުދޫ، ޝެލްބީންސް

ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ރޮނގުން ނުވަ އަހަރު ޚިދުމަތްކުރައްވާފައިވާ ޢިއްޒަތަކީ ޅެންވެރިކަމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ހދ. މަކުނުދޫ، ޝެލްބީންސް، އިއްޒަތު އަޙްމަދު ނިޒާރުއަށް ރައީސް ޞާލިޙް ރެހެންދި އެވޯޑު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޢާއިޝަތު އިބްރާހީމް - ހ. ކުއްޅަވަށްގަސްދޮށުގެ

އޭނާއަކީ ސައުވީސް އަހަރުގެ ތަޖުރިބާއާއެކު ބިއުޓީޝަނެއްގެ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އަމިއްލަ ސެލޫނުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެ ދާއިރާއަށް ޒުވާނުން ތަމްރީނު ކުރެއްވުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމްތައް ވެސް އޭނާ އަންނަނީ ބާއްވަމުންނެވެ.

ހ. ކުއްޅަވަށްގަސްދޮށުގެ، ޢާއިޝަތު އިބްރާހީމްއަށް ރައީސް ޞާލިޙް ރެހެންދި އެވޯޑު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިމްނާ ފާކިރު - ސ. ފޭދޫ، ގުލްދަސްތާގެ

ދިމްނާއަކީ ސްކޫލް ދައުރުން ފެށިގެން ހިލޭ ސާބަހަށް އިޖްތިމާޢީ ދާއިރާގައި ޚިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވަމުންގެންދަވާ ދިމްނާއަކީ ގާލްގައިޑް އެސޯސިއޭޝަންގެ ތަފާތު މަގާމުތަކުގައި ހިލޭ ސާބަހަށް ޚިދުމަތްކޮށްދެއްވި ބޭފުޅެކެވެ.

ސ. ފޭދޫ، ގުލްދަސްތާގެ، ދިމްނާ ފާކިރުއަށް ރައީސް ޞާލިޙް ރެހެންދި އެވޯޑު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޝިމްލާ އަޙްމަދު - ސ. ހިތަދޫ، އާސްޓްރަލްގެ

ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގައި ޝިމްލާ ޚިދުމަތްކުރައްވާތާ 11 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ދާއިރާއިން މީހުން ބިނާކުރުމަށް އޭނާ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އައްޑޫ އޮންލައިންގެ މަސްލޫވެރިޔާ އަދި އެޑިޓަރުގެ މަޤާމު އަދާކުރައްވާފައިވާ ޝިމްލާ މިހާރު ވެސް އަންނަނީ އެ ނޫސް ހިންގަމުންނެވެ.

ފާޠިމަތު ޖަބީން - މ. ނިއުހިލްމަން

ޖަބީން އެމްޓީސީސީއަށް ޚިދުމަތްކުރައްވަމުން އަންނަތާ 25 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. 2006 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ކަންކަން ނިންމާ ފެންވަރުގައި މަސައްކަތް ކުރަމުންގެންދަވާ ޖަބީންއަކީ އެކުންފުނީގެ މުހިންމު ސިޔާސަތުތަކާއި ރޭވުންތަކުގައި ބައިވެރިވާ ބޭފުޅެކެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ފާއިތުވި އަހަރު ތެރޭގައި ރެހެންދި އެވޯޑް ޙާޞިލްކުރެއްވީ 55 ކަނބަލެއް ކަމަށެވެ. އެވޯޑު ޙާޞިލުކުރެއްވި ބޭފުޅުންނަކީ އަންހެނުންނަށް ނަމޫނާ ބޭފުޅުންކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިންތީގެ ހަމަހަމަކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ރައީސް ޞާލިޙު އަންހެނުން ބާރުވެރިކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.

"ކަންކަން ނިންމާ ފެންވަރުގައި ނުވަތަ ޤައުމު ހިންގާ ދާއިރާގައި އަންހެނުން ބަސްބުނެ އަންހެނުންނާއި ފިރިހެނުންގެ ތަޖުރިބާއާއި ހުނަރު ބަލައިގަނެވޭ" އާއިޝަތު ވިދާޅުވިއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއިން އާއިލާތައް ސަލާމަތްކުރާ މުޖުތަމަޢަކަށް މި މުޖުތަމަޢު ވުމަކީ ކުރައްވާ އުންމީދެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް