ސޯނަމް ކަޕޫރް ފުރަތަމަ ދަރިއަށް ބަނޑުބޮޑު

ސޯނަމް އާއި އަހޫޖާ ފޮޓޯ: އިންޑިއާ ޓުޑޭ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރު އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފިއެވެ.

ސޯނަމް އަލަތު ދަރިފުޅަށް ބަނޑުބޮޑުވިކަން އިއުލާންކޮށްފައި ވަނީ އޭނާގެ ފިރިމީހާ އާނަންދް އަހޫޖާއާއެކު ހިއްސާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައެވެ.

ސޯނަމް އާއި އާނަންދް ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ކައިވެންޏަށް ފަސް އަހަރު ފުރިގެންދާއިރު، ކައިވެނި ކުރި ދުވަހުން ފެށިގެން ސޯނަމް ބަނޑުބޮޑު ކަމުގެ ވާހަތައް ވަނީ ސޯޝަލް މީޑިއާގައި ފެތުރިފައެވެ. ނަމަވެސް ސޯނަމް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ސޯނަމް އަކީ މަޝްހޫރު ފިލްމީތަރި އަނިލް ކަޕޫރާއި ސުނީތާ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅެވެ.

ކަޕޫރު އާއިލާއާ ގާތް ފަރާތަކުން އެންޓަޓެއިންމަންޓް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ސޯނަމްގެ ބަނޑަށް މިހާރު ހަތަރު މަސް ވެފައިވާ ކަމަށާއި މި އަހަރުގެ އޮސްޓްމަހުގެ ތެރޭގައި އޭނާ ވިހާނެކަމަށެވެ.

ސޯނަމްްގެ އިންސްޓާގްރާމް ޕޯސްޓާ އެކު ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ބޮލީވުޑްގެ ތަރިން ވަނީ އެ ދެމަފިރިނަނަށް މަރުހަބާ ކިޔާފައެވެ.

ސޯނަމް އެންމެ ފަހުން ފެނުނީ 2019 ވަނަ އަހަރު ނެރުނު "ޒޯޔާ ފެކްޓާ" އިން ދުލްކުރް ސަލްމާނާ އެކުއެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކޮރެއަން އެކްޝަން ތްރިލާއެއް އަސްލަކަށް ބަލައިގެން، ޝޯމް މަކިޖާ ޑައިރެކްޓްކުރާ ރީމޭކެއް ކަމަށްވާ "ބްލައިންޑް" އިންނެވެ.

comment ކޮމެންޓް