އެމްއެންޔޫބީއެސް ބަލިކޮށް ސީއެފްއެސްއިން ސެމީއާ ގާތަށް

ސީއެފްއެސްގެ ޓީމު-- ފޮޓޯ/ އެމްއެންޔޫއެސްޔޫ މީޑިއާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް) ފަސޭހަކަމާއެކު އެމްއެންޔޫ ބިޒްނަސް ސުކޫލް (އެމްއެންޔޫ ބީއެސް) ބަލިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލުގައި ސީއެފްއެސް އާއި އެމްއެންޔޫބީއެސް ބައްދަލުކުރި ފިރިހެންޑިވިޝަންގެ އެ މެޗު ނިމުނީ ސީދާ ދެ ސެޓުން ސީއެފްއެސް މޮޅުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު ސީއެފްއެސްއިން ކާމިޔާބުކުރީ 25-17އިންނެވެ. އަދި ދެވަނަ ސެޓު ގެންދިޔައީ 25-19 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެފްއެސްގެ ޖާޒީ ނަންބަރު 4، އަހުމަދު މުޒްލިފެވެ.

ސީއެފްއެސް އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުން ވަނީ ސީދާ ދެ ސެޓުން ސްކޫލް އޮފް ނާސިން ބަލިކޮށްފައެވެ. އަދި އެމްއެންޔޫބީސް ވަނީ 3-1 ސެޓުން ފެކަލްޓީ އޮފް ހެލްތު ސައިންސް ބަލިކޮށްފައެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.

comment ކޮމެންޓް