ބަދިގޭ ސާމާނަށް ޚާއްޞަ، ރެޑް ސްޓާ ފިހާރައިގެ އައު ޝޯ ރޫމެއް ރޭ ހުޅުވައިފިއެވެ.
އެ ފިހާރައިން ވިއްކާ އުފެއްދުންތައް ބަލައިލަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށް ހުޅުވި އެ ޝޯރޫމް ހުންނަނީ އޯކިޑް މަގުގައެވެ.
ރެސްޓޯރެންޓްތަކާއި، އެފަދަ ބޮޑެތި ބަދިގެތަކަށް ޚާއްޞަ ސާމާނު ލިބެން ހުންނަ ރެޑް ސްޓާ ފިހާރައަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ އެކި އުފެއްދުންތައް ވިއްކާ ފިހާރައެކެވެ.

އޯކިޑް މަގުގައި ހުންނަ ރެޑްސްޓާ ޝޯރޫމް --- ސަންފޮޓޯ/ މުހައްމަދު ޙައްޔާން
އިންޑަސްޓްރިއަލް ބަދިގެތަކަށް ޚާއްޞަ ވީ ކަމުގައި ވިޔަސް، އެ ފިހާރައިން ލިބެން ހުންނަ ތެލިތައްޓާއި، އޫ، ސަމުސާ ފަދަ ބާވަތްތަކަކީ އާންމު ބަދިގެތަކަށް ވެސް އެކަށޭނަ ބާވަތްތަކެވެ.
ރެޑް ސްޓާގައި މިހާރު ކުރިއަށްދާ ރޯދަ ޕްރޮމޯޝަނުގެ ދަށުން، އެ އުފެއްދުންތައް ކުރިއަށް ވުރެ ހެޔޮ އަގެއްގައި ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އެ ފިހާރައިން ވިއްކާ މުދަލުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޯކިޑް މަގުގައި ހުންނަ ރެޑްސްޓާ ޝޯރޫމް --- ސަންފޮޓޯ/ މުހައްމަދު ޙައްޔާންމި ސޭލުގެ ދަށުން ސްޓެއިންލެސް ސްޓީލްގެ ބާވަތްތަކުން ފަސް ޕަސެންޓުގެ ޑިސްކައުންޓު ލިބޭއިރު، ބިއްލޫރިއާއި، ސެރަމިކްގެ ބާވަތްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓު ލިބެއެވެ.
އެތަނުގެ އިތުރުން، ފަރީދީ މަގުގަޔާއި، ޗާންދަނީ މަގުގައި ވެސް އެ ފިހާރައިގެ އައުޓްލެޓުތައް ހުރެއެވެ.