މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ދިރާގުގެ އެކްޝަން ޕްލޭނެއް

ދިރާގުގެ ސީއީއޯ އެ ކުންފުނީގެ މުވައްޒަފުންނާއި ބައްދަލުކުރައްވަނީ --- ފޮޓޯ/ ދިރާގު

އިއްޔެ ފާހަގަކުރި، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދިރާގުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި އެކްޝަން ޕްލޭނެއް އެކުލަވާލައިފިއެވެ.

އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިއްޔެ އެ ޕްލޭން ހުށަހެޅުއްވީ ސީއީއޯ އިސްމާޢީލް ރަޝީދެވެ.

އެ ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު ތިން ނުކުތާއެއްގެ މައްޗަށެވެ. އެއީ:

  • ވަޒީފާގެ ފުރުސަތުތައް
  • ފަންނީ ދާއިރާތަކުން ކުރިއަށް ދިޔުމުގެ ފުރުސަތު
  • ވަޒީފާގެ މާހައުލު އިތުރަށް ހަރުދަނާކުރުން

މި ކަންކަމުގެ ދަަށުން، ފަންނީ ދާއިރާތަކުންނާއި، ހިންގުމުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތަކާއި، އެހެނިހެން ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފައެވެ. އަދި، ވަޒީފާ އަދާކުރުމުގައި އިތުރު ފަސޭހަތައް ދިނުމަށް ވެސް ނިންމާފައިވެއެވެ.

ދިރާގުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން އިއްޔެ ވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މަންމައިންނަށް، އެމީހުންގެ ދަރިންނާއެކު ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެެވެ.

އަންހެނުން ބާރުވެރި ކުރުމުގެ މަގްސަދުގައި 2019ވަނަ އަހަރު ދިރާގުން ވަނީ އެކަމަށް ޙާއްޞަ ކޮމިޓީއެއް އެކުލަވާލާފައެވެ.

comment ކޮމެންޓް