އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކަށް އާރްއޯއެލް

އެޗްޑީސީއާއި އާރްއޯއެލްއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓުގެ ޚިދުމަތްދިނުމަށް، އެ ކުންފުންޏާއި އާރްއޯއެލްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙުމަދެވެ. އަދި އާރުއޯއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމުޢީދެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމާއެކު، ރާއްޖޭގައި އިންޓަނެޓުގެ ޚިދުމަތް ދޭ ހުރިހާ ފަރާތްތަކެއްގެ ޚިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ލިބޭނެކަމަށެވެ.

އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކަކީ އެއް ވިޔުގައެއް މެދުވެރިކޮށް ގިނަ ކުންފުނިތަކަކަށް ޚިދުމަތް ދެވޭ ގޮތަށް އެކުލަވާލެވިފައިވާ ވިއުގައެކެވެ. މިހާރުވެސް އެ ވިއުގަ މެދުވެރިކޮށް ޓީވީއާއި އިންޓަނެޓުގެ ޚިދުމަތް ގިނަ ކުންފުނިތަކަކުން ދަނީ ފޯރުކޮށްދެމުންނެވެ.

އެ ކުންފުނިން ބުނީ މިފަދަ ވިއުގައެއް ގާއިމުކުރުމުގެ ސަބަބުން މަގުކޮނުން ފަދަ، އާންމުންނަށް އުނދަގޫވާ ކަހަލަ ކަންކަން ކުރުން މަދު ކުރެވޭ ކަމަށެވެ.

މިކަމުގެ ސަބަބުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތައް ލިބިގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް