ހިޔާ ފްލެޓުގައި ދެ ކެފޭއާއި ފާމަސީއެއް ހަދަން ހަވާލުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތައް -- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ކެފޭއާއި ފާމަސީ ހަދަން ހަވާލުކޮށްފިއެވެ.

ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، ދެ ކެފޭއަކާއި ފާމަސީއެއްގެ އިތުރުން އަންނައުނު ވިއްކާ ފިހާރައެއް ހެދުމަށް މިއަދު ހަވާލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކެފޭގެ މަސައްކަތް ހަވާލު ކުރީ ވައިޓް ވުޑް އިންވެސްޓްމަންޓާއި ގްރީންފްލައިއާއެވެ.

ހިޔާ ފްލެޓްގައި ފާމަސީއާއި ފިހާރަ އަދި ކެފޭ ހަދަން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

ފާމަސީ ހަދަން އޭޑީ ފާމަސޫޓިކަލްސްއާ ހަވާލު ކޮށްފައި ވާއިރު، އަންނައުނު ވިއްކާ ފިހާރައިގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އޮސްޓްރާވާ ޕްރައިވެޓްލިމިޓެޑާއެވެ.

މި މަސް ނިމުމުން ކުލި ނަގަން ފަށާ ހިޔާ ފްލެޓްތައް ސަރަހައްދުގައި އިޖުތިމާއީ ބޭނުންތަކަށް ހިދުމަތްދޭ ތަންތަން ހަދަން ހަމަޖެހިފައި ވަނީ ގްރައުންޑް ފްލޯގައެވެ.

https://sun.mv/162458

ހިޔާ ފްލެޓުގައި މިވަގުތު ތިން ފިހާރައަކާއި ސެލޫނެއްގެ ޚިދުމަތް ދެމުން ދާއިރު، ޓިއުޝަން ކްލާހާއި ޤުރުއާން ކުލާހުގެ އިތުރުން ޕާކު ހެދުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް