ޗައިނާއާއި އުތުރު ކޮރެއާގެ އެކުވެރިކަން އިތުރަށް ބަދަހިކުރަނީ

ޗައިނާއާއި އުތުރު ކޮރެއާއިން ކަންކަމުގައި އެއްބާރުލުން ދިނުން އިތުރުކޮށް، އެކުވެރިކަން ބަދަހިކުރުމަށް ދެ ގައުމުގެ ރައީސުން މަޝްވަރާކުރައްވައިފިއެވެ.

ޗައިނާ ތަރައްގީކުރުމަށް އުތުރު ކޮރެއާއާއެކު މަސައްކަތްކުރަން ޗައިނާ އޮތީ ތައްޔާރަށްކަމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދޭދޭ ގައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށްވެސް މަސައްކަތްކުރައްވަން ޝީ ވަނީ ތައްޔާރުކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ ބެއިޖިންގައި ކުރިއަށްދިޔަ ވިންޓާ އޮލިމްޕިކްސް ކާމިޔާބުކަމާއެކު ނިންމާލާފައިވާތީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ޝީ ޖިން ޕިންގަށް މަރުހަބާ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ވިންޓާ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވެފައިނުވާއިރު، ޓޯކިއޯގައި އޮތް ސަމާ އޮލިމްޕިކްސްގައިވެސް އުތުރު ކޮރެއާއިން ބައިވެރިވެފައެއް ނުވެއެވެ.

އުތުރު ކޮރެއާއާއި ޗައިނާއާ ދެމެދު 1961 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން، ދެ ގައުމުގެ އިގުތިސާދީ ގުޅުން ވަނީ ވަރަށް ރަނގަޅުވެފައެވެ. އުތުރު ކޮރެއާގެ އެންމެ ގާތް އަދި އެންމެ އެކުވެރި ގައުމަކީވެސް ޗައިނާއެވެ.

comment ކޮމެންޓް