މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

ފުލުހުން ގެއްލިގެން ހޯދަމުން އަންނަ ޅ. ނައިފަރު/ ޑޭޒީހިޔާ، އަޙްމަދު ވިއާމް-- ފޮޓޯ/ ފުލުހުން

މާލެއިން ޒުވާނަކު ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ޅ. ނައިފަރު/ ޑޭޒީހިޔާ، އުމުރުން 23 އަހަރުގެ އަޙްމަދު ވިއާމް އެވެ.

ފުލުހުން ބުނީ އޭނާ ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ގެއްލުނު ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން މިހާތަނަށް އޭނާ ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަޙްމަދު ވިއާމާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ގުޅުއި، ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް