ޖާބިރު ހައްޔަރު ކުރަން އަމުރުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން އޭނާ ހައްޔަރު ކުރަން އަމުރު ނެރުނީ ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރު ކުރުމަށްޓަކައެވެ.

އެއީ އެމްޓީސީސީއިން ޑީއާރުޕީގެ މައްޗަށް ކުރާ ދައުވާއަކާ ގުޅިގެންނެވެ.

މީގެ ކުރިން ވެސް އަތޮޅުތެރޭގައި ހުންނަވަނިކޮށް ކޯޓަށް ހާޒިރު ކުރުމަށްޓަކައި ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރުގެ ދަރަނީގެ ގިނަ މައްސަލަތަކެއް ކޯޓުގައި ކުރިއަށް އެބަދެއެވެ. އޭނާ މުސާރަ ނުދޭ ކަމަށް ބުނާ މައްސަލަތައް ވެސް އިތުރެވެ.

ސިވިލް ކޯޓުން މިފަހަކުން ވަނީ ޖާބިރުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފައެވެ. ނަމަވެސް ފަހުން އޭނާ ފުރުމުގެ ފުރުސަތު ދިނެވެ.

comment ކޮމެންޓް