އާބާދީގެ 70 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފިނަމަ، ޕޭންޑެމިކުގެ އެކިއުޓް ފޭސް ނިމޭނެ

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް -- ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުން ކޮވިޑް-19 ދިފާއު ވެކްސިން ފުރިހަމަކޮށްފިނަމަ، ކޮވިޑް ޕޭންޑެމިކްގެ އެކިއުޓް ފޭސް ނިމޭނެކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނެފިއެވެ.

ކޮވިޑް-19 ޕޭންޑެމިކުގެ އެކިއުޓް ފޭސް 2022 ވަނަ އަހަރު ނިމޭނެކަމަށް މީގެ ކުރިންވެސް ޑަބްލިއު.އެޗް.އޯއިން ވަނީ ލަފާކޮށްފައެވެ.

ޑަބްލިއު.އެޗް.އޯއިން ބުނީ، ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުން މި އަހަރުގެ ޖޫން/ޖުލައި ހިސާބުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފިނަމަ އެކިއުޓް ފޭސް ނިމޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.

އެ ޖަމްޢިއްޔާއިން ބުނީ މިކަން ކުރުން އޮތީ މީހުންގެ އަތްމަތީގައި ކަމަށެވެ.

"ބުނެވުނު ކަން ކުރެވިއްޖެނަމަ، މި ޕޭންޑެމިކުގެ އެކިއުޓް ފޭސް ނިމުމަކަށް އައިސްދާނެ. މިއީ ކުރީމަ ވާނެކަމެއް." އެ ޖަމްޢިއްޔާއިން ބުންޏެވެ.

ޑަބްލިއު.އެޗް.އޯއިން މިފަދަ އަމާޒެއް ހިފާފައިވާއިރު، އެފްރިކާއިން އަންނަނީ އެ ބައްރުގައި ކޮވިޑް ވެކްސިން އުފެއްދުމުގެ ޤާބިލިއްޔަތުކަން ފައްކާކުރަމުންނެވެ.

މޯޑާނާ ވެކްސިންގެ އެމްއާރްއެންއޭ ސީކުއެންސް ބޭނުންކޮށްގެން އެފްރިކާގެ އެފްރިގެން ބައޮލޮޖިކްސް އެންޑް ވެކްސިންސް އިން ވަނީ އެފްރިޖެން ނަމަކަށް ކިޔާ ކޮވިޑް-19 ދިފާއު ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.

މި ވެކްސިން އެފްރިކާގެ މާހައުލާ ގުޅޭގޮތަށް ތައްޔާރުކުރަމުން އަންނައިރު، ނޮވެމްބަރު މަހުގެ ތެރޭގައި ކްލިނިކަލް ޓްރަޔްލް އަށް އެޕްރޫވްކުރެވޭނެ އެވެ. އަދި 2024 ވަނަ އަހަރު އެޕްރޫވަލް ލިބޭނެކަމަށް ލަފާކުރެވެއެވެ.

comment ކޮމެންޓް