އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ގާއިމުކުރަނީ

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މަރީސް ޕޭން -- ފޮޓޯ: އޭޕީ

އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ގާއިމުކުރަން ނިންމާފައިވާކަން އެގައުމުގެ ފޮރިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މަރީސް ޕޭން ވިދާޅުވީ އެގައުމުގެ ހައި ކޮމިޝަނެއް މާލޭގައި ގާއިމު ކުރަނީ ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި އޭގެ ސަބަބުން މި ސަރަހައްދުގެ ހަމަޖެހުމަށާއި ސަލާމަތަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހައި ކޮމިޝަނެއް ގާއިމު ކުރުމުން ތަރައްގީގެ މަސައްކަތްތަކަށް އެއްބާރުލުން ދެވޭ މިންވަރު އިތުރުވެ، އިންޑިއާ ކަނޑުގެ އިރު އިތުރު ސަރަހައްދުގައި ވިޔަފާރި އާއި އިންވެސްޓްމެންޓާއި ގުޅުން ބަދަހިކުރުމަށް އޮންނަ ފުރުސަތުތައް އިތުރުވެގެންދާނެ،" އޮސްޓްރޭލިއާގެ މިނިސްޓަރު ވިދާޅުވިއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ އެ ނިންމުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި އެ ހައި ކޮމިޝަން ގާއިމު ކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް މިހާރު ކަނޑައަޅާފައި ހުންނަނީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަނެވެ.

comment ކޮމެންޓް