ހުޅުދޫން ފްލެޓްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް --- ސަން ފޮޓޯ

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހުޅުދޫގައި އިމާރާތް ކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ދެ ކެޓަގަރީއެއްގައި ހިމެނޭ 37 ފްލެޓަށް އެދުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ގެޒެޓުކޮށްފައިވާ ގޮތުގައި މި ދެ ކެޓަގަރީއަކީ އޭ އަދި ބީ ކެޓެގަރީއެވެ.

އޭ ކެޓަގަރީއަކީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 27 ފްލެޓެވެ. އަދި ބީ ކެޓަގަރީއަކީ ހުޅުދޫ އަދި މީދޫގައި މިހާރު ދިރިއުޅޭ ރަށުން ބޭރުގެ މީހުންނާއި ހުޅުދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް ހާއްސަކޮށްފައިވާ 10 ފްލެޓެވެ.

މި ފްލެޓްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަދި ފްލެޓްގެ ފްލޯ ޕްލޭން ހިމެނޭ ކުރެހުން އައްޑޫ ސިޓީ ކައުންސިލުގެ އިއުލާނާއެކު ވަނީ އާންމުކޮށްފައެވެ.

މި ފްލެޓްތަކަށް އެދޭ ފޯމު އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުން ދޫކުރާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އޮފީހުގެ ކައުންޓަރުން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން 14:00 އަށް ކަމަށްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ފްލެޓަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު، އަންނަ މަހުގެ 27 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.

comment ކޮމެންޓް