ދުނިޔޭގެ އެންމެ ބޮޑު ފަރު ހިމާޔަށް ކުރުމަށް އޮސްޓްރޭލިއާއިން އިތުރު 700 މިލިއަން ޑޮލަރު

އޮސްޓްރޭލިއާގެ އުތުރުން ފެނުނު އާ ފަރުގެ ބައެއް--

ދުނިޔޭގެ އެންމެ ބޮޑު ފަރު ކަމުގައިވާ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް ހިމާޔަތްކުރުމަށް އެއް ބިލިއަން އޮސްޓްރޭލިއަން ޑޮލަރު (703 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް އެ ގައުމުގެ ބޮޑުވަޒީރު ނިންމަވައިފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން މި ނިންމެވުން ނިންމަވާފައިވަނީ އެ ގައުމުގެ އާއްމު އިންތިހާބު ކައިރިވެފައި ވަނިކޮށެވެ.

ގްރޭޓް ބެރިއާ ރީފްގެ ހިމާޔަތަށް އިތުރު 703 މިލިއަން އެމެރިކާ ޑޮލަރު ދީފައިވާއިރު، މި އެހީގެ ސަބަބުން އެތައް ހާސް ބައެއްގެ ވަޒީފާ ދެމެހެއްޓޭނެ އެވެ. އަދި އެތައް ބަޔަކަށް އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

ނަމަވެސް މޮރިސަންގެ މި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫންކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެގޮތުން އެ ގައުމުގެ ވެރިކަންކުރާ ޕާޓީން ތިމާވެއްޓަށް ގެއްލުންވާ ކަންތައްތައް ކުރުމަށްފަހު ތިމާވެށީގެ ހިމާޔަތަށް ފައިސާ ހޭދަކުރުން ބަލައިނުގަނެވޭކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.

"އަޅުގަނޑުމެން އަންނަނީ މި ފަރުގެ ހިމާޔަތަށް މަސައްކަތްކުރަމުން. އަދި ޓުއަރިޒަމްގެ އިގުތިސާދު ހަރުދަނާކުރުމަށް އެހީވަމުން،" ބޮޑުވަޒީރު މޮރިސަން ވިދާޅުވި އެވެ.

ކުރިއަށް އޮތް މެއި މަހުގައި އޮސްޓްރޭލިއާގެ އާއްމު އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު، ކޮވިޑް ބަލިމަޑުކަމާ ދެކޮޅަށް މޮރިސަން ކުރެއްވި މަސައްކަތަށް ފަހު އޭނާގެ ސިޔާސީ ކުރިމަގާމެދު ވަނީ ސުވާލު އުފެދިފައެވެ.

comment ކޮމެންޓް