ކުޅުދުފުއްޓާއި ތިނަދޫ ޕޯޓު ޑިވިލޮޕްމަންޓް މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ކުޅުދުފުއްޓާއި ތިނަދޫ ޕޯޓު ޑިވިލޮޕްމަންޓް މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޕީއެލް

ކުޅުދުއްފުށި ސިޓީގެ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް މަޝްރޫއާއި ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އެމްޓީސީސީގެ ހެޑް އޮފީހުގައެވެ.

މި މަސައްކަތާ ބެހޭ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖިނިއާ އާދަމް މުހައްމަދެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫއުގެ ތެރޭގައި، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ.

މީގެއިތުރުން، އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯކްޝޮޕް އިމާރާތެއް ގާއިމުކުރުމާއި އެންވަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

ކުޅުދުފުއްޓާއި ތިނަދޫ ޕޯޓު ޑިވިލޮޕްމަންޓް މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޕީއެލް

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއާ ހައުސް އަދި ވޯކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑާ ހަރުކުރުން ހިމެނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ޕޯޓަކީ 138 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، 495 ދުވަސް ތެރޭގައި ނިންމަން ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.
ތިނަދޫ ރީޖަނަލް ޕޯޓަކީ 17 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، 330 ދުވަސް ތެރޭގައި ނިންމަން ހަވާލު ކުރި މަޝްރޫއެކެވެ.

comment ކޮމެންޓް