މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބަލައިގަންނާނެ މުއްދަތު އިތުރުކޮށްފި

އައިޑީ ކާޑް

ކޮވިޑުގެ ހާލަތާ ގުޅިގެން ދީފައިވާ ލުއިތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން އިއްޔެ ބުނީ އެ މުއްދަތު އިތުރުކުރީ އަންނަ ޖުލައި މަހުގެ ނިޔަލަށް ކަމަށެވެ. އަދި އެހެން ކަންކުރަން ޖެހުނީ ގިނަ ބަޔަކު ވަދެ ނިކުމެ އުޅޭ ތަންތަނަކީ ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަން ކަމަށް ވާތީ ކަމަށެވެ.

އެ އޮފީހަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އައިޑީކާޑު ހައްދައިދޭ އޮފީސްކަމުން، މިވަގުތަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ ގޮތަށް ނިންމީ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑު އަންނަނީ ބަލައިގަންނަމުންނެވެ.

މި ބަދަލަށް ފަހު، މުއްދަތު ހަމަވެފައިވާ ކާޑުތައް އާސަންދައިގެ ހިދުމަތަށާއި، އައިޑީކާޑު ބޭނުންކޮށްގެން ދެވޭ އެހެނިހެން ހިދުމަތްތަކުގައި ވެސް ބޭނުން ކުރެވެއެވެ. އަދި އިތުރު ލުޔެއްގެ ގޮތުން އައިޑީކާޑު ނޫން ލިޔުމެއް ބޭނުންކޮށްގެން އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.

މިދިޔަ އަހަރު އޮތް ލޯކަލް ކައުންސިލުގެ އިންތިހާބުގައި ވެސް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު ދިނެވެ.

comment ކޮމެންޓް