ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅައިގެން އެހެން މީހުންނަށް އައިޑީކާޑު ދޫކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރް)އިން މިއަދު ބުނެފިއެވެ.
ކުރިން އުސޫލު އޮންނަ ގޮތުން ވެރިފަރާތް ނޫން އެހެން މީހަކަށް އައިޑީކާޑު ދުލެއް ނުކުރެއެވެ.
ޑީއާންއާރުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް އައިޑީކާޑުގެ ވެރިފަރާތްނޫން އެހެން ފަރާތަކަށް ކާޑު ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކާޑުގެ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅައިގެން އެ ސިޓީގައިވާ ފަރާތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އައިޑީކާޑު ދޫކުރާނެ ކަމަށް ޑީއާންއެރުން ބުންޏެވެ.
އެ ޑިޕާޓްމަންޓުން ވަނީ މި ނިޒާމަށް އަމަލު ކުރަން ފެށި ނަމަވެސް ކާޑާ ހަވާލުވުމަށް ފަހު ވެރިފަރާތަށް ކާޑު ނުލިބިގެން އެ ޑިޕާޓްމަންޓަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ފުލުހަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.
މީގެ ކުރިން ޑީއެންއާރުއިން އައިޑީކާޑު ދޫކުރަނީ އެ ކާޑެއްގެ ވެރިފަރާތެއް ހާޒިރުވުމުންނެވެ. މި ކަމުގެ ސަބަބުން ކާޑާ ހަވާލުވެވެން ނެތް ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެއެވެ.
އައިޑީކާޑު ހެއްދުމަށް މިހާރު ހުށަހަޅަން ޖެހެނީ އޮންލައިން ކޮށެވެ.