ސައުތެމްޓަންއިން ވަރުގަދަ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

މިރޭ ސިޓީ އަދި ސަައުތަންޕްޓަން ބައްދަލު ކުރި މެޗުގެ ތެރެއިން --

ޕްރިިމިއާ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ މޮޅުވިޔަ ނުދީ ސައުތެމްޓަންއިން ހިފަހައްޓައިފިއެވެ.

މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ސައުތަންޕްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ސައުތެމްޓަންގެ ޖާޒީ ނަންބަރު ދޭއް، ވޯލްކާ ކާމިޔާބުކުރި ލަނޑާއެކު އެ ޓީމުން މެޗުގެ ލީޑު ކުރީކޮޅު ނެގިއެވެ.

މި މެޗުގެ ގިނަ ވަގުތު ސިޓީން ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، ސިޓީން ވަނީ ސައުތަންޕްޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވައިލައިފައެވެ.

ސިޓީން ދެމުންދިޔަ ދިޔަ ހަމަލާތައް ސައުތެމްޓަންގެ ޑިފެންސް ލައިނާއި އަދި ގޯލް ކީޕަރު ހުށިޔާރުކަމާއެކު މަތަކުރަމުން ދަނިކޮށް، މެޗުގެ 65 ވަނަ މިނެޓުގައި ކެވިން ޑިބްރައިނާ ދިން ބޯޅައަކުން ސިޓީގެ ޖާޒީ ނަންބަރު 14، ލަޕޯޓާ ވަނީ ލަނޑެއްޖަހައި ނަތީޖާ ހަަމަ ހަމަކޮށްދީފައެވެ.

މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ސިޓީ ތާވަލްގެ އެއް ވަނައިގައި އޮތީ 23 މެޗުން ލިބުނު 57 ޕޮއިންޓާއެކުއެވެ. 22 މެޗުން ލިބުނު 25 ޕޮއިންޓާއެކު ސައުތެމްޓަން އޮތީ ތާވަލްގެ ބާރަ ވަނައިގައެވެ. ލީގު ތާވަލްގެ ދެ ވަނައިގައި 45 ޕޮއިންޓާއެކު ލިވަޕޫލު އޮތް އިރު، 44 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ޗެލްސީއެވެ. އަދި 38 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.

comment ކޮމެންޓް