ރާއްޖެއިން މިއަދު ވެސް 1697 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

"ސިޓީ ނައިޓް މާކެޓް" ގެ ތެރެއިން - ސަން ފޮޓޯ/މުހައްމަދު ހައްޔާން

ފާއިތުވީ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޓެސްޓްކުރި 7،263 ސާމްޕަލްގެ ތެރެއިން 1697 މީހަކުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެއިން މިއަދު އަލަށް ޕޮޒިޓިވް ވެފައިވަނީ 677 މީހުންނެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން 680 މީހުން އަލަށް ޕޮޒިޓިވްވީއިރު ރިސޯޓުތަކުން 60 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ސަފާރީތަކުން މިއަދު ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 112،628އަށް އަރާފައެވެ.

އެކްޓިވް ކޭސްތައް، 11،535 ގައި ހުރިއިރު އޭގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 49 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 265 މީހުންނެވެ.

ދުނިޔޭގެ އެކި ގައުމު ތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑްގެ އާ ވޭރިއެންޓް، "އޮމިކްރޯން" ރާއްޖެއިން ވެސް މިހާރު ވަނީ ފެނިފައެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ޓަކައި ކުރެވިދާނެ އެންމެ މުހިއްމު ކަންކަމަކީ ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުން ކަމަށެވެ. އަދި ގައިދުރުކަން ބެހެއްޓުމާއި ރަނގަޅަށް މާސްކު އަޅައިގެން އުޅުމުގެ އިތުރަށް ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވެ، ސެނެޓައިޒާއެއް ބޭނުން ކުރުން ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

comment ކޮމެންޓް