އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

އެފްއެސްއެމްގެ ޝެޑަކުން މީހަކު ހިދުމަތް ހޯދަނީ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކު، އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

އެ ކުންފުނިން މިއަދު ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިދިޔަ ހަތް އަހަރު ދުވަހު ނުއުފުލޭ ވަރަށް މިހާރު އުފުލިފައިވާ ކަމަށެވެ. އަދި އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ޖެހުނީ މި ސަބަބާ ހެދި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއަދު ތެލުގެ އަގަށް ގެނައި ބަދަލާއެކު ކުރިން 11.16 ރުފިޔާ އަށް ހުރި ޕެޓްރޯލް ލީޓަރެއް ދެން ލިބޭނީ 12.06 ރުފިޔާއަށެވެ. އަދި ކުރިން 11.84 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއް ދެން ލިބޭނީ 12.44 ރުފިޔާއަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރީ މިދިޔަ އޮކްޓޫބަރު މަހުއެވެ.

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ އެވްރެޖްކޮށް 88 ޑޮލަރުގައެވެ. މިމަސް ފެށުނު އިރު ތެޔޮ ފީފާއެއްގެ އަގަކީ 77 ޑޮލަރެވެ.

comment ކޮމެންޓް