މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ބޮޑުތަނުން މައްޗަށް، މިއަދު 826 މީހުން ޕޮޒިޓިވް

މާލޭގައި ރެންޑަމް ސާމްޕަލް ނުގުމުގެ މަސައްކަތުގައި އެޗްޕީއޭގެ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުވަހެއް ދުވަހަކަށް ކޮވިޑް-19އަށް މާލެއިން މިއަދު ފައްސިވީ މީހުންގެ އަދަދު 826އަށް އަރައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 1،420 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން 346 މީހުން އަލަށް ޕޮޒިޓިވްވީއިރު ރިސޯޓުތަކުން 84 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ސަފާރީތަކުން ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 105،001 އަށް އަރާފައެވެ.

އެކްޓިވް ކޭސްތައް 6،456 ގައި ހުރިއިރު އޭގެ ތެރެއިން ހޮސްޕިޓަލްގައި ބާއްވައިގެން 32 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 265 މީހުންނެވެ.

ކޮވިޑުގެ ހާލަތު އަނެއްކާވެސް ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނަ މި ދުވަސްވަރުގައި ހުން އައިސް ބޭރަށް ހިންގުމުގެ ރޯގާއެއް ވެސް އަންނަނީ މާލެ ހިމެނޭ ގޮތުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފެތުރެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް