ޔަމަނަށް 3.9 ބިލިއަން ޑޮލަރު ބޭނުންވޭ: އދ.

ޔަމަނުގަައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް

ޔަމަނަށް އެހީތެރިވުމަށް 3.9 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އދ.އިން ބުނެފިއެވެ.

އދ. އިން ބުނެފައިވާ ގޮތުގައި ޔަމަނުގައި އެހީއަށް ބޭނުންވާ 16 މިލިއަން މީހުން ދިރިއުޅެއެވެ. އަދި އެމީހުންނަށް އެހީތެރިވާން އެންމެ ބޮޑަށް ބޭނުންވަނީ ފައިސާގެ އެހީ ކަމަށް އދ. އިން ބުންޏެވެ.

ޔަމަނުގެ ހަނގުރާމައަށް ހަތް އަހަރު ވެފައިވާއިރު، ފާއިތުވެދިޔަ މަހުގެ ތެރޭގައި އެކަނިވެސް 15000 މީހުން ޒަޚަމްވެ، 350 މީހުން ވަނީ މަރުވެފައެވެ.

ހޫތީން ޔަމަނުގެ ވެރިރަށް ސަނާ ހިސޯރުކުރުމާއެކު ސައުދީން ވަނީ އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމައެއް ފަށާފައެވެ. މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްވެސް ސިޔާސީ އަލިމަގެއް ފެނިފައިނުވާއިރު، ބަނޑުހައިހޫނު ކަމުގައި ދުވާލެއްގެ މައްޗަށް އެގައުމުން އެތައް ސަތޭކަ ބަޔަކު ދަނީ މަރުވަމުންނެވެ.

comment ކޮމެންޓް