ހިއުމަން ޓްރެފިކިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފި، ފުލުހެއް ހިމެނޭ

ޝަހީދު ހުސައިން އާދަމް ބިލްޑިން --

ހިއުމަން ޓްރެފިކިން މައްސަަލައެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

އެ ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 28 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރޭގައި ބިދޭސީއަކާއި ފުލުހަކު ހިމެނޭކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، ހައްޔަރު ކުރި ފުލުސް މީހާ މިހާރު ހުރީ މުސާރަ ނުދޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހަކަށް 15 ދުވަސް އަދި އަނެއް ދެ މީހުންނަށް ވަނީ 10 ދުވަސް ދީފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން މި މައުލޫމާތު ހާމަކޮށްފައިވާއިރު، ތައިލެންޑްގެ އަންހެނަކު މާލެގެނެސް ހަށި ވިއްކުވިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފައިވާކަމަށް ވަނީ އަޑު ފެތުރިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް