ކޮންސްޓްރަކްޝަނަށް ބޭނުންވާ ސާމާނު ބަލްކުކޮށް ލިބޭ ސޮނީ ބިލްޑްވެއާ ހުޅުވައިފި

ޖަނަވަރީ މަގުގައި ހުޅުވި ސޮނީ ބިލްޑްވެއާ ފިހާރަ---

ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނު، ބަލްކުކޮށް ގަންނަން ލިބޭ "ސޮނީ ބިލްޑްވެއާ" ފިހާރަ މާލޭގައި ހުޅުވައިފިއެވެ.

ސޮނީ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން މާލޭގައި އަލަށް މި ހުޅުވި ފިހާރައަކީ މާލޭގެ ގުދަންތަކުން ވަގުތުން ވަގުތަށް ލިބެން އުނދަގޫ އިމާރާތްކުރުމާއި ފިނިޝިންއަށް ބޭނުންވާ ސާމާނު ލިބޭ ގޮތަށް ހުޅުވި ފިހާރައެކެވެ.

ސޮނީއިން ބުނީ ސޮނީ ބިލްޑްވެއާއިން ލިބެން ހުންނާނީ ތިލަފުށީގައި ހުންނަ މެއިން ގުދަންތަކުގައި އާންމު ގޮތެއްގައި ރައްކާކުރެވޭ ތަކެތި ކަމަށެވެ. އަދި ސޮނީ ބިލްޑްވެއާ ފިހާރައާއެކު ފިހާރައިން ވަަގުތުން ވަގުތަށް އެ ތަކެތި ލިބިގެންދާނެ ކަމަށެވެ.

ހާޑްވެއާ ފިހާރަތަކަށް މަޝްހޫރު ޖަނަވަރީ މަގުގައި ހުޅުވި ފިހާރަ ހަދައިފައިވަނީ، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިހާރަ ކުރިމަތީގައި ވެހިކަލް ޕާކްކޮށް، ސީދާ ވެހިކަލްތަކަށް މުދާ އުފުލޭ ގޮތަށެވެ.

އިމާރާތްކުރުމަށް ބޭނުންވާ ބަލްކު މުދަލުގެ އިތުރުން ބައެއް ހާޑްވެއާ މުދާ ވެސް ފިހާރައިން ލިބެން ހުންނާނެއެވެ.

ސޮނީ ބިލްޑްވެއާއިން ވިއްކާ މުދަލަކީ ސޮނީ ހާޑްވެއާގެ ބްރޭންޑް ސްޓޭންޑާޑްތަކާ އެއްފަދައިން ކޮލިޓީ ރަނގަޅު މުދަލަށް ވާނެ ކަމުގެ ޔަގީން ކަން ސޮނީ ހޯލްޑިންގްސް އިން ދެއެވެ. އަދި ހަމައެހެންމެ އެ ފިހާރައިން ލިބޭ މުދަލުގެ އަގު ވެސް ރަނގަޅުވާނެ ކަން އެ ފިހާރައިން ފާހަގަކުރެއެވެ.

ސޮނީ ބިލްޑްވެއާއިން ލިބެން ހުންނާނެ ބައެއް ސާމާނުގެ ތެރޭގައި ރިންގު ދަގަނޑު، އެސްއެސް ހޮޅި، އެންގަލް ދަގަނޑު، ޕީވީސީ ހޮޅި، ފުލައިވުޑް، ކަބަޑު ފިލާ އަދި ލެމިޓެކް ފިލާގެ އިތުރުން ތަފާތު އެކި ސައިޒުގެ ދޮރާއި ދޮރުފަތް ހިމެނެއެވެ.

ސޮނީ ބިލްޑްވެއާ ފިހާރަ ހުޅުވައިފައި ހުންނާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 08:30 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 01:30 އިން އިރުއޮއްސި 06:00 އަށެވެ.

comment ކޮމެންޓް