ބީއެމްއެލް އިސްލާމިކް ފައިނޭންސިން ނަގައިގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސްތު

ބީއެމްއެލް އިސްލާމިކްގެ ހެޑް އޮފީސް

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން ނަގައިގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު 5،00 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބޭނެއެވެ.

މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބީއެމްއެލްގެ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވެވިދާނެއެވެ.

މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށްލައި ބޭންކުން އެޕްރޫވް ލިބޭ މީހުން މި ޕްރޮމޯޝަނުގައި ބައިވެރި ކުރާނެއެވެ.

ޕްރޮމޯޝަން ކުރިއަށް ގެންދަނީ އިސްލާމިކް ޝަރިއާ ހުއްދަކުރާ ހިބާގެ ތެރެއިންނެވެ.

ނަމަވެސް ބޭންކުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އައިލާގެ މެމްބަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަދި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯއަކީ ޝަރީއާ ހުއްދަކުރާ ފައިނޭންސިން ފެސިލިޓީތަކެކެވެ. ކަސްޓަމަރު ބޭނުންނަމަ މި ފެސިލިޓީގެ ބޭނުންކޮށްގެން މުދާ ގަނެވޭނެއެވެ. ނޫނީ ނަގުދު ފައިސާ ވެސް ލިބޭނެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ޝަރުއީ ހަމަތަކަށް ފެތޭ ގިނަ ހިދުމަތްތަކެއް ބީއެމްއެލް އިން ވަނީ ތައާރަފުކޮށްފައެވެ.

އިސްލާމިކް ފައިނޭންސިންގެ މޮޑެލްތަކާ ބެހޭ މައުލޫމާތާއި ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުމަށް ބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް