ހދ. ނެއްލައިދޫއާއި ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ލަންދޫ ބަނދަރުގެ މަސައްކަތް ނިމުނީ އިއްޔެ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން
ކުރިއަށް ގެންދިޔަ ނެއްލައިދޫ ބަނދަރުގެ މަޝްރޫއުގެ އަގަކީ 55.4 މިލިއަން ރުފިޔާ އެވެ.
މި މަޝްރޫއުގެ ދަށުން، 398 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 103 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް
ޖެހުމުގެ އިތުރުން 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާފައި ވާކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން ނެއްލައިދޫގައި 1812 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކުރެވިފައެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅުއެވެ.
ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ 35.60 މިލިއަން ރުފިޔާ އަށް ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ލަންދޫގައި 227 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 387 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާ ނިންމާލާފައިވެއެވެ.
ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ލަންދޫގައި 80 މީޓަރުގެ ސަރަހައްދެއްގެ ގްރޮއިންސް ޖެހުމާއި، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުން ވެސް ހިމެނުނެވެ.
ހަމައެޔާއެކު ބަނދަރު ބައްތި ޖެހުމުގެ އިތުރުން، ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.
ލަންދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅުއެވެ.
ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ތަރައްގީ ކުރުމުގެ 26 މަޝްރޫއެއްގެ މަސައްކަތް ނިންމާފައެވެ.