މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ އުސޫލު އެއް މަސްތެރޭ ނިންމަނީ

ގުޅީ ފަޅު --- ފޮޓޯ/ ޕީއެސްއެމް

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ އުސޫލު އެއްމަސް ތެރޭ ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން"އަށް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އިދާރީ ކަންކަން ކުރުމަށާއި ބައެއް އުސޫލުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު މިކުރަނީ އެއް މަސް ދުވަހުގެ ތެރޭގައި އުސޫލު ނިންމާލެވޭނެ ކަމަށް،" އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު އަޅަން ހަވާލު ނުކޮށް ހުރި ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ގާއިމްކުރަން ކުންފުނިތަކާ ހަވާލުކުރުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާލޭގެ ރައްޔިތުންނަށް ގޯތިދޭން ނިންމެވިކަން އިއުލާން ކުރައްވާފައެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ނިންމާފައި ވަނީ ހުޅުމާލެ އާއި ގުޅިފަޅުން ކަމަށެވެ.

މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވަނީ 1،000 އަކަފޫޓުގެ ގޯއްޗެވެ.

comment ކޮމެންޓް