މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 160 މީހުން

މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެ އިން ޕޮޒިޓިވްވީ 160 މީހުންނެވެ.

ހެލްތު ޕްރޮޓްކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ޖުމްލަ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 95،700 މީހުންނެވެ.

މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 38 މީހުނެވެ. އަތޮޅުތެރެއިން 71 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން ޕޮޒިޓިވްވީ 51 މީހުންނެވެ.

މިހާތަނަށް މި ބަލީގައި 262 މީހަކު މަރުވެފައި ވާއިރު 18 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުންނެވެ.

ނިމިދިޔަ 24 ގަޑިއިރު ތެރޭ 3879 ސާމްޕަލް ނެގިފައި ވާއިރު މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު 93،127 އަރައެވެ.

ކޮވިޑުގެ އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރު ތިބީ 2298 މީހުންނެވެ. މާލޭ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް އުޅެނީ ތިން ޕަސެންޓުގައެވެ.

comment ކޮމެންޓް