ދިރާގުގެ ހައިސްޕީޑް ފައިބާ އަދި ދިރާގު ޓީވީގެ ހިދުމަތް ކެލައަށް!

ހއ. ކެލާއަށް ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް އިފްތިތާހު ކުރުމުގެ ތެރެއިން --- ފޮޓޯ / ދިރާގު

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ހއ.ކެލާގެ ރައްޔިތުންނަށް ދޭން ފަށައިފިއެވެ.

މި ދެ ހިދުމަތް ކެލާއަށް ތައާރަފް ކޮށްފައިވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާއެކުގައެވެ.

އެގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެދޭ ކޮންމެ ކަސްޓަމަރަކަށް ހިލޭ ފައިބާ ގުޅައިދޭނެއެވެ. އަދި ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯ.އެން.ޓީ ވެސް ހިލޭ ލިބޭނެއެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޓީވީއަށް ހުށައަޅާ ކަސްޓަމަރުންނަށްވެސް ހިދުމަތްތައް ހިލޭ ގުޅައިދިނުމުގެ އިތުރުން، ޑީކޯޑަރު މުޅިން ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން، ދިރާގުން ބުނާ ގޮތުގައި އެކުންފުނިން އަބަދުވެސް އިސްކަން ދެނީ ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށެވެ. އަދި އެންމެފަހުގެ އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކްއެވެ. މިހާރު ރާއްޖޭގެ 82 އިންސައްތަ ގޭބިސީއަށް މި ހިދުމަތް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި 74 ރަށެއް ހިމެނެއެވެ.

ހަމައެހެންމެ، 100 އަށް ވުރެން ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީ ޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަށް މި ހިދުމަތް ފޯރުކޮށްދީފައެވެ.

comment ކޮމެންޓް