ތައިލެންޑަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއްނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި

ތައިލެންޑަށް މިވަގުތު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

ކޮވިޑް-19ގެ އާ ވޭރިއަންޓު އޮމިކްރޯން ހަލުވިކަމާއެކު ތައިލެންޑުގައި ފެތުރެން ފެށުމުގެ ސަބަބުން އެ ގައުމުން އަންނަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.

ތައިލެންޑުން ހަރުކަށި ކުރި ފިޔަވަޅު ތަކުއް

  • "ޓެސް އެންޑް ގޯ" ސްކީމްގެ ދަށުން 10 ޖެނުއަރީ 2022 ގެ ކުރިން ތައިލެންޑަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މި މަހުގެ 22 ގެ ކުރިން ތައިލެންޑް ޕާސް ކިޔުއާރް ކޯޑް ލިބިފައިވާ ފަރާތްތަކަށް "ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެއެވެ.
  • މި މަހުގެ ގެ ކުރިން ތައިލެންޑް ޕާސްއަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް ތައިލެންޑް ޕާސް އެޕްރޫވަލް ކިޔުއާރް ކޯޑް ލިބުމުން "ޓެސްޓް އެންޑް ގޯ" ސްކީމް ގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެއެވެ.
  • މި މަހުގެ 22 އިން ފެށިގެން ތައިލެންޑް ޕާސް އަށް އަލަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ތައިލެންޑަށް ދަތުރުކުރެވޭނީ އަލްޓަނޭޓިވް ކަރަންޓީނު ނުވަތަ ޕުކެޓް ސޭންޑް ބޮކްސް ސްކީމްގެ ދަށުންނެވެ.

އެހެންނަމަވެސް "ޓެސްޓު އެންޑް ގޯ" ސްކީމުގެ ދަށުން ތައިލެންޑަށް އެތެރެވާ ހުރިހާ ފަރާތްތަކަކުން އެ ގައުމަށް އެތެރެވުމަށް ފަހު ޕީސީއާރް ޓެސްޓެއް ހަދަން ޖެހެއެވެ. އަދި ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރު ކޮވިޑް ޓެސްޓެއް ހަދަންޖެހޭނެއެވެ. މިޓެސްޓަކީ ތައި ސަރުކާރުގެ ޚަރަދުގައި ހިލޭ ހަދައިދެވޭ ޓެސްޓެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ތައިލެންޑުގެ މި ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި ބަދަލުވެދާނެ ކަމަށްޓަކައި ދަތުރުކުރުމުގެ ކުރިން އުސޫލުތައް ރަނގަޅަށް ބެލުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީން ފޮރިން މިނިސްޓްރީގައާއި އެންމެ ކާއިރީގައިވާ ދިވެހި ޑްޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީ ކުރަންވެސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ކޮވިޑް-19 ކަވަރުކުރާ ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރެއެވެ.

comment ކޮމެންޓް