ޕިޓާ ޕޭންއިން އާ އަހަރަށް ހާއްސަކޮށްގެން "ސެލެބްރޭޝަން ޕެކް"ތަކެެއް ތައާރަފްކޮށްފި

ޕީޓާ ޕޭން ރެސްޓޯރެންޓް -- ސަން ފޮޓޯ/ ނާއިލް ހުސައިން

އިންޑިއަން ކެއުމަށް ޚާއްސަ ޕިޓާ ޕޭން ރެސްޓޯރަންޓުން އާ އަހަރަށް ހާއްސަކޮށްގެން "ސެލެބްރޭޝަން ޕެކްތަކެއް" ތައާރަފް ކޮށްފިއެވެ.

ޕިޓާ ޕޭން އަކީ އިންޑިއާގެ ކެއުމަށް ހާއްސަ ނަމަވެސް ވެސްޓާން ޑިޝްތައް ވެސް ލިބެން ހުންނަ ރެސްޓޯރަންޓެކެވެ.

އެހެންކަމުން އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އިންޑިއަން އަދި ވެސްޓާން ކެއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހިމެނެނީ ދެވައްތަރުގެ 'ސެލެބްރޭޝަން ޕެކް' އެކެވެ. އެއީ އިންޑިއަން 'ސެލެބްރޭޝަން ޕެކް' އަދި ވެސްޓާން 'ސެލެބްރޭޝަން ޕެކް'އެވެ.

މި ސެލެބްރޭޝަން ޕެކް ގެ އޯޑަރު ނެގުން ކުރިއަށްގެންދާނީ ވަރަށް ލިމިޓެޑްކޮށް ވަކި އަދަދެއް ހަމަވަންދެން ކަމަށް އެ ރެސްޓޯރަންޓުން ވަނީ ބުނެފައެވެ.

އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ތައާރަފުކޮށްފައިވާ މި ދެ ސެލެބްރޭޝަން ޕެކް ގެ އަގަކީ 999 ރުފިޔާއެވެ. އަދި މިއީ އަށް ވަރަކަށް މީހުންނަށް އެންމެ ރަނގަޅަށް މީރުކޮށް ކާލެވޭނޭހެން ތައްޔާރުކޮށްފައިވާ ސެލެބްރޭޝަން ޕެކްތަކެއް ކަމަށް އެ ރެސްޓޯރަންޓުން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ މި މަހުގެ ނިޔަލަށެވެ. ޑެލިވަރީ ކުރުން ކުރިއަށް ގެންދާނީ 31 ޑިސެމްބަރު ވާ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން އޯޑަރުތައް ހުސްވަންދެން އޯޑަރުކޮށްފައިވާ ތަރުތީބުންކަމަށް ޕިޓާ ޕޭން ރެސްޓޯރަންޓްގެ ޗީފް ކޮމާޝަލް އޮފިސަރު އިސްމާއިލް ރައްޒާން ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ޕިޓާ ޕޭން ރެސްޓޯރަންޓުން ތައްޔާރުކުރާ ސެލެބްރޭޝަންގެ ޕެކްތަކަކީ ރަހަމީރު, ތަޖުރިބާއެއް ކަމަށް ވާނެކަމަށް ރައްޒާން ވިދާޅުވިއެވެ.

comment ކޮމެންޓް