ޕިޓާޕޭން އިން ދެނީ ފެންވަރު ރަނގަޅު މެހެމާންދާރީއެއްގެ ޔަގީންކަން

ޕިޓާޕޭން ލައުންޖު ---

އިންޑިއާގެ ރަހަތަކަށް ޚާއްޞަ، ޕިޓާ ޕޭން ރެސްޓޯރެންޓަކީ މިހާރު މާލޭގެ ގިނަ ބަޔަކު ދަންނަ މަގުބޫލު ރެސްޓޯރެންޓެކެވެ.

ތަފާތު އެކި ބާވަތްތަކުގެ ކާނާ ހިމެނޭ މެނޫ އަކާ އެކު، ޚިދުމަތްދޭ އެ ރެސްޓޯރެންޓުން މިހާރު މިވަނީ މުޅިން އާ ހަރުފަތަކަށް އެ ތަނުގެ ޚިދުމަތް މައްޗަށް ޖައްސާލާފައެވެ.

ޕިޓާޕޭންއަށް ޚިދުމަތް ހޯދަންދާ ކަސްޓަމަރުންނަށް މިހާރު އެ ރެސްޓޯރެންޓުން މަރުހަބާ ކިޔަނީ ވަރަށް ތަފާތު ގޮތަކަށެވެ.

އެގޮތުން، ކޮންމެ ކަސްޓަމަރަކު ވެސް ރެސްޓޯރެންޓަށް ވަންނަ ތަނުން ފިނި ބުއިމެއް ދޭނެއެވެ. އަދި މޫނުމަތި ފިނިކޮށްލާ، ތާޒާވެލަން ފޭސް ޓަވަލްއެއް ވެސް ދޭނެއެވެ.

ޕިޓާޕޭން އިން ބުނީ އެ ރެސްޓޯރެންޓުގެ އަމާޒަކީ ފަސްތަރީގެ ރިސޯޓަކާ އެއް ފެންވަރުގެ މެހެމާންދާރީއެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އަލަށް ތައާރަފުކުރި ޚިދުމަތާ މެދު ގިނަ ކަސްޓަމަރުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ކަށިމާ ހިނގުމުގައި ހުންނަ ޕިޓާޕޭން ރެސްޓޯރެންޓުގައި ޒުވާނުންނަށް ޚާއްޞަ ލައުންޖެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

comment ކޮމެންޓް