ޒުވާނުންނަށް ހާއްސަ ޕީޓާ ޕޭން ލައުންޖު ހުޅުވައިފި

ޕީޓާ ޕޭން ލައުންޖު--

އާއިލީ ރެސްޓޯރެންޓެއްގެ ގޮތުގައި މަޝްހޫރު ޕީޓާ ޕޭން އިން ޒުވާނުންނަށް ހާއްސަކޮށްގެން "ޕީޓާ ޕޭން ލައުންޖު" ހުޅުވައިފިއެވެ.

ޒުވާނުންނަށް ހާއްސަ މި ލައުންޖު ހުޅުވައިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ.

ޕީޓާ ޕޭންގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މީގެ ކުރިން އެ ރެސްޓޯރެންޓު ހާއްސަކޮށްފައިވާނީ އާއިލީ ރެސްޓޯރެންޓެއްގެ ގޮތުގައި، އާއިލާތަކަށް ވެސް ކޭޓާ ކުރެވޭ ގޮތަށް ކަމަށެވެ.

އަލަށް ތައާރަފް ކުރި މި ހިދުމަތަކީ ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވި ހިދުމަތެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ޕީޓާ ޕޭން ލައުންޖު ހާއްސަކޮށްފައިވަނީ ތަފާތު އެކި ޑްރިންކްސްތަކަށް---

ޕީޓާ ޕޭން ލައުންޖު ހާއްސަކޮށްފައިވަނީ ތަފާތު އެކި ވައްތަރުގެ ޑްރިންކްސްތަކަށެވެ. ޑްރިންކްސްތަކަށް ހާއްސަކޮށް ލައުންޖުގައި ވަނީ ބާ އެއް ވެސް ގާއިމްކޮށްފައެވެ.

އޯޕަން އޭރިއާއެއްގައި ގާއިމްކޮށްފައިވާ ޕިޓާ ޕޭން ލައުންޖަކީ އެކުވެރިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ހިތްފަސޭހަ މާހައުލަކަށް ވެގެންދާނެއެވެ.

comment ކޮމެންޓް