އައްޑޫ ސިޓީގެ މިސްކިތަކަށް ބޮޑުކަމު ދިޔަ މައްސަލައެއް

އައްޑޫ ސިޓީ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ މިސްކިތަކަށް ބޮޑުކަމުދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގެ މިސްކިތަކަށް ބޮޑު ކަމު ގޮސް، އިތުރު ދެ މިސްކިތަކަށް ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ރޭ ފަތިހު 05:45 ހާއިރު މި މައްސަލަ ހުށަހެޅުމާއެކު، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ ގިނަ މައްސަލަތަކެއް ވަނީ މި ފަހުން ފެންމަތިވެފައެވެ. އެގޮތުން މާލޭގެ މިސްކިތްތަކަށް ކުޑަކަމު ގޮސް، ހަތިމަކަށް ރަތް ކުޅު ޖެހި މީހަކު ވެސް ފުލުހުން ހައްޔަރުކޮށްފައިވެއެވެ. އެ މީހާގެ މައްޗަށް، އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ދެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ އޭނާ އެއް މަހާއި 19 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް