ދިރާގު "މަމެން"އަށް ކަސްޓަމަރުން ހޯދައިދިނުމުން ހިލޭ ޑޭޓާ

ދިރާގު "މަމެން" މިހާރު ބޭނުން ކުރަމުންދާ ކަސްޓަމަރުންނާއި އަލަށް އެ ހިދުމަތަށް ގުޅޭ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ.

އެ އޮފާއަކީ މަމެން އެޕްލިކޭޝަންގައި ހިމެނޭ "ރިފާ އަ ފްރެންޑް" ފީޗާ ބޭނުންކޮށްގެން ޑޭޓާ ހޯދޭ އޮފާއެކެވެ.

މަމެން މިހާރު ބޭނުން ކުރަމުންދާ ކަސްޓަމަރުންނަށް "ރިފާ އަ ފްރެންޑް" ފީޗާގެ ދަށުން ރަހުމަތްތެރިންނާއި އާއިލާ މީހުންނަށް މަމެން އެޕްލިކޭޝަން ބޭނުން ކުރުމަށް ދައުވަތު ފޮނުވޭނެއެވެ.

އަލަށް ފެށި އޮފާގެ ދަށުން މި ގޮތަށް ރިފާކޮށްގެން އައު ކަސްޓަމަރަކު މަމެން އެޕްލިކޭޝަނާ ގުޅިއްޖެނަމަ، ދައުވަތު ދިން ކަސްޓަމަރަށް 500 އެމްބީގެ ޑޭޓާ ހިލޭ ލިބޭނެއެވެ. އަދި ރިފާ ކޯޑް ބޭނުން ކޮށްގެން މަމެން އެޕްލިކޭޝަނާ އަލަށް ގުޅޭ ކަސްޓަމަރަށް އެއް ޖީބީގެ ޑޭޓާ ހިލޭ ލިބޭނެއެވެ.

މަމެން ބޭނުން ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ދިރާގުން ދީފައިވާ ހާއްސަ ރިފަރަލް ކޯޑު، މަމެން އެޕްލިކޭޝަންގައި ހިމެނޭ ރިފާ އަ ފްރެންޑް ޓެބުން ބަލައިލެވޭނެއެވެ. އަދި ރިފާކޮށްގެން ލިބޭ ބޯނަސް ޑޭޓާއާއި ރިފަރަލްސްއަށް ހާއްސަ ލީޑާބޯޑު ވެސް އެ ޓެބުން ފެންނާނެއެވެ.

މި އޮފާއާ ބެހޭ މުހިންމު އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ބަލައިލެވޭނެއެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި މޮބައިލް ޕްލޭނެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް