އިންސްޓަގްރާމްގެ އާ ފީޗާސްތަކެއް ތައާރަފްކޮށްފި!

އިންސްޓަގްރާމްގެ ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި އިތުރު ކަންތަައްތަކެެއް ތައާރަފުކޮށްފިއެެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ އެޕްތަކުގެ ތެރޭގައި ހިމެނޭ، 1.3 ބިލިއަނެއްހާ މީހުން ބޭނުންކުރަމުން އަންނަ އިންސްޓަގްރާމްގެ އާ ފީޗާސްތައް ތައާރަފުކޮށްފައިވަނީ މި ހަފުތާގެ އަންގާރަ ދުވަހުއެވެ.

އަލަށް ތައާރަފުކުރި ފީޗާއެއް ކަމުގައިވާ "ޓޭކް އަ ބްރޭކް" އަކީ މާ ގިނައިރު ފޯނު ކުޅެވިއްޖެކަން އަންގައިދިނުމުގެ ގޮތުން އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް ދޭ އެލާމެކެވެ. އެލާމަކީ ކޮންމެ މީހަކަށްވެސް ފޮނުވާ އެލާމަކަށް ވީ ނަމަވެސް އެލާމް ފޮނުވުމުގައި އެންމެ އިސްކަމެއަ ދޭނީ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށް އިންސްޓަގްރާމްއިން ވަނީ ބުނެފައެވެ.

ހަމަ އެހެންމެ އިތުރު ފީޗާއެއް ކަމުގައި ވަނީ އިންސްޓަގުރާމްގައި ހޭދަކުރާ ވަގުތު ދެނެގަތުމާއި އެ އެޕްގައި ހޭދަ ކުރަން ބޭނުންވާ މިންވަރަކަށް ގަޑި ސެޓުކުރެވޭނެ ގޮތް ހެދުމެވެ. އަދި ކުޑަކުއްޖެއް ނަމަ އިންސްޓަގުރާމުން މީހަކު ބްލޮކްކޮށްފިނަމަ ކުއްޖާގެ މަންމަ ނުވަތަ ބައްޕައަށް ނޮޓިފިކޭޝަން ފޮނުވޭގޮތް ހެދެއެވެ. ޅަފުރައިގެ ކުއްޖެއް ނަމަ މަންމައާއި ބައްޕަގެ އައިޑީއާ ގުޅުވައިލެވެއެވެ.

އަދި އިންސްޓަގްރާމުން މައުލޫމާތު ދީފައިވާ ގޮތުގައި މި ފެށޭ ޖެނުއަރީ މަހުން ފެށިގެން ގިނަ އަދަދެއްގެ ކޮމެންޓްތަކާއި ލައިކްތައް އެއް ފަހަރާ ފުހެލެވޭ ގޮތްވެސް ހަދާނެއެވެ.

އަދި އިންސްޓަގްރާމްގެ ވެދި ފަރާތުން ވަނީ އެފަދަ މުހިންމު އެޕެއް އުފެއްދުނީތީ އެކަމާ މިއަދު ފަޚުރުވެެރިވާކަމަށް ބުނެފައެވެ.

comment ކޮމެންޓް