ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެ ނުދިން

ރައީސް ޔާމީން: އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހެއްޓުމުގެ އަމުރެއް ނެރެ ނުދޭން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފަހެއްޓުމުގެ އަމުރެއް ނެރެދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރައީސް ޔާމީން ރާއްޖެ ދޫކޮށް ފުރައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވާ ކަމަށް ދައުލަތުން ބުނެ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައިދިނުމުގެ އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިއަދު ހެނދުނުއެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކަށް ބަހުސް ކުރުމަށްފަހު މިއަދު ހަވީރު 4:30 ވަނިކޮށް ފެށި އަޑުއެހުމުގައި ވެސް ދައުލަތުންނާއި ދިފާއުން ވަނީ ބައެއް ނުކުތާތައް ފާހަގަކޮށްފައެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ގޮތެއް ނިންމުމުގެ ކުރިން ދެ ގަޑިއިރަށް ޝަރީއަތް މެދުކަނޑާލާފައެވެ. އެއަށްފަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ އެ އަމުރާ މެދު ގޮތެއް ނިންމާފައެވެ.

ޕާސްޕޯޓް ހިފެހެއްޓުމަށް ބޭނުންވާ ވަރަށް މަދަނީ މިންގަނޑުން ހެކި ގަރީނާ ލިބިފައިވީ ނަމަވެސް ރައީސް ޔާމީން ފުރައިގެން ގޮސްދާނެކަން ސާފުވާނެ އެއްވެސް ސަބަބެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

"ހިފަހައްޓައިދިނުމަށް އެދިފައިވާ ޕާސްޕޯޓުތަކަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓްތަކެއް ކަން އެނގޭ. އެހެން ކަމުން ވުޖޫދުގައި ނެތް އެއްޗެއް ޝަރީއަތުން ނުވަތަ ކޯޓަށް ހިފެހެއްޓޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ބަޔާންކޮށްފައެއް ނެތް," އިސް ގާޒީ ވިދާޅުވިއެވެ.

އެހެން ކަމުން ރައީސް ޔާމީނަކީ ޝަރީއަތަށް ބަރާބަރަށް ހާޒިރުވާ ބޭފުޅެއްކަންފާހަގަކޮށް އިސް ގާޒީ ވިދާޅުވީ ދައުލަތުން އެދުނު ގޮތަށް އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައިދިނުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެހެން ނަމަވެސް ރައީސް ޔާމީން ޕާސްޕޯޓް ހައްދައި ފުރަން އުޅޭ ކަމުގެ އެއްވެސް ހެއްކެއް ލިބިއްޖެ ނަމަ ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ އަމުރަށް އެދުމުގެ ފުރުސަތު އޮތް ކަމަށް ގާޒީ ވިދާޅުވިއެވެ.

https://sun.mv/159761

ޕީޖީގެ ވަކީލް ވިދާޅުވީ, ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވަނީ, އެކަން ކުރަން ޖެހޭ ހުރިހާ ސަބަބުތަކެއް ހުރުމުން ކަމަށެވެ. ކުށެއްކޮށްފައިވާ ކަމުގެ އެކަށީގެންވާ ހެކި ލިބިފައިވޭ ކަމަށް ވިދާޅުވިއެވެ.

"އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވޭ," ޕީޖީގެ ވަކީލް ވިދާޅުވިއެވެ.

ޔާމީނަކީ މީގެ ކުރިން ރާއްޖޭގެ ވެރިކަންކޮށްފައިވާ ބޭފުޅެއްކަން ފާހަގަކޮށް ޕީޖީގެ ވަކީލް ވިދާޅުވީ, ތުހުމަތުކުރެވޭ މީހާއަކީ ރާއްޖޭއިން ބޭރުގައި ފިލައިގެން ދިރިއުޅެވޭނެ ފަދަ ވަސީލަތެއް ނުވަތަ މާލީ ތަނަވަސްކަމެއް ހުރި މީހެއްތޯ ޝަރީއަތުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

ފިލައިގެން ދާން އުޅޭ ކަމުގެ ހެކި ހުރިކަމަށް ދައުލަތުން ބުނެފައިވާތީ, ވަކީލުންގެ ހާޒިރުގައި އެ ހެކިތައް ދިރާސާ ކުރެއްވުމަށް ވަގުތު ދެއްވުމަށް އެދިވަޑައިގަތެވެ.

"އަޅުގަނޑުގެ ހިޔާލުގައި މިހާތަނަށް އައިއިރު އަޅުގަނޑު ފިލައިގެން ދާންކޮށްފައި އޮތް އެއްވެސް މަސައްކަތެއް ނޯންނާނެ," ޔާމީން ވިދާޅުވިއެވެ.

ފުލުހުންނަށް ލިބިފައިވާ ހެކިތައް ދިފާއަށް ލިބިފައި ނެތުމުން އެއީ ކޯއްޗެއްތޯ އެނގެން ބޭނުންވާ ކަން ޔާމީން ފާހަގަކުރެއްވިއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކިޔާ ރަށެއް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ، ކްރިކް ރިޒާ (ކުރިކީލަ ރިޒާ) މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި އެ ފައިސާ ލޯންޑާ ކުރި މައްސަލައިގެ ތުހުމަތުގައެވެ.

comment ކޮމެންޓް