ދިރާގު ޓީވީގެ ހިދުމަތް މަނަދޫއަށް!

ދިރާގު ޓީވީގެ ހިދުމަތް ނ. މަނަދޫއަށް ވަނީ ދީފައި -- ފޮޓޯ: ދިރާގު

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ނ. މަނަދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ނ. މަނަދޫގައި ދިރާގު ޓީވީ ތައާރަފުކޮށްފައި ވަނީ ދިރާގު ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލާފައިވާ ދަނޑިވަޅެއްގައިއެވެ. އެގޮތުން މިހާރު ކުރިއަށްދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ އެއް ނަސީބުވެރިއަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބޭނެއެވެ.

މީގެ އިތުރުން، ސްޓާޓާ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަގާ މީހުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 މީހަކަށް އެމީހަކު ނެގި ޕެކޭޖުގެ ހަ މަސް ދުވަހުގެ މަހު ފީ މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި މި މުއްދަތުގައި ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރު)ވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސްޓާ ނެޓްވޯކުގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނެލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، މަގުބޫލު ފެކްޗުއަލް އެންޓަޓެއިންމަންޓް ޗެނަލްތައް ކަމަށްވާ ހިސްޓްރީ ޗެނަލް އަދި ޑިސްކަވަރީގެ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް އަދި އެޗުޖީޓީވީ ޗެނަލް، ހޮލީވުޑްގެ މަގުބޫލު ފިލްމު ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް، އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ދިރާގުން ވަނީ މިހާތަނަށް ރާއްޖޭގެ 77 ޕަސެންޓު ގޭބިސީއަށް ދިރާގުޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ.

ދިރާގު ޓީވީއާ ބެހޭ އިތުރު މައުލޫމާތު https://bit.ly/3sTbwiM ލިންކުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް