މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 76 މީހުން

މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހަވީރު ހަޔަކާ ހަމައަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި ނެގި 4,441 ސާމްޕަލުން 76 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ؛

  • މާލެ ސަރަހައްދުން 15
  • އަތޮޅުތަކުން 55
  • ހިންގަމުންދާ ރިސޯޓުތަކުން 06

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 91,122 އަށް ވަނީ އަރާފައެވެ.

މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 1,832 މީހުންގެ ތެރެއިން 14 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.

މިއަދު ބަލިން ރަނގަޅުވީ 139 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 89,092 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 248 މީހުން ވަނީ މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް