ތޫނު އެއްޗަކުން މީހަކަށް ބިރުދެއްކި ދަރަވަންދޫ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް

ބ. ދަރަވަންދޫ ---

ބ. ދަރަވަންދޫގައި ތޫނު އެއްޗަކުން މީހަކަށް ބިރުދެއްކި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަރަވަންދޫގައި ކުޑަކުއްޖަކު މީހަކަށް ތޫނު އެއްޗަކުން ބިރުދެއްކި މައްސަލައެއް ރޭ ފުލުހަށް ހުށަހަޅާފައި ވާކަަމަށެވެ.

މި މައްސަލައާ ގުޅިގެން 16 އަހަރުގެ ފިރިހެންކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ރޭގެ ވަގުތެއްގައެވެ.

އެ މައްސަލަ ފެށުނީ، ރައްޓެހިވެގެން އުޅުނު 18 އަހަރުން ދަށުގެ ދެކުދިންގެ ތެރެއިން ކަމަށް ދަރަވަންދޫން "ސަން"އާ ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އެގޮތުން ފިރިހެންކުއްޖާ އަންހެންކުއްޖާ ފޮރުވީ ކަމަށާއި، އެކަމާ ގުޅިގެން އަޑުގަދަކުރާއިން ގޮވައި، އާއްމުން ނިކުމެ އަންހެން ކުއްޖާ ހޯދީކަމަށް އޭނާ ކިޔައިދިނެވެ.

އެ މައްސަލައިގައި ފިރިހެންކުއްޖާ ވަނީ އަންހެންކުއްޖާގެ ބައްޕައަށް ތޫނު އެއްޗަކުން ބިރުދައްކާފައި ކަމަށްވެސް "ސަން"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

comment ކޮމެންޓް