މަޝްހޫރު ލަވަކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ އަވަހާރަވެއްޖެ

މަޝްހޫރު ލަވަ އަދި މަދަހަ ކިޔުންތެރިޔާ އަބްދުﷲ ހަަސަން (ހޮޅުދޫ އަބްދުﷲ) --

މަޝްހޫރު ލަވަ އަދި މަދަހަ ކިޔުންތެރިޔާ އަބްދުﷲ ހަަސަން (ހޮޅުދޫ އަބްދުﷲ) އަވަހާރަވެއްޖެއެެވެ.

އޭނާ އަވަހާރަވީ ބަލި އެނދުގައި ގިނަ ދުވަސްތަކެއް އޮންނެވުމަށްފަހު މިއަދުގެ ވަގުތެއްގައެވެ.

ކުޅަދާނަ ލަވަކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲއަށް ވަނީ ދިވެހި ލަވަ ކިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.

އޭނާގެ އަޑުން މަޝްހޫރު އެތައް ލަވައަކާއި މަދަހައެއް ދިވެހީންނާއި ހަމައަށްވަނީ ގެނެސްދެއްވައިފައެވެ. އޭގެ ތެރޭގައި "ގައުމަށް އައި މިނިވަން ނޫރާނީ" އާއި، "އޯ ވަޒަން"ގެ އިތުރުން "ޖޯޝޭ ގެނައިމީ ގައުމީ އުފާ" ފަދަ ގައުމީ އެތައް ލަވައެއް ހިމެނެއެވެ.

އޭނާގެ އަޑަކީ ދިވެހީންގެ އެތައް ބައެއްގެ މަގުބޫލްކަން ހޯދައިފައިވާ ރަން އަޑެކެވެ. އެކި ދާއިރާތަކުގެ ލަވަ ކިޔުއްވައިފައިވާއިރު ތަފާތު ދީނީ މަދަހަ ވެސް އޭނާ ވަނީ ކިޔުއްވައިފައެވެ. އެގޮތުން ލޯބީގެ ލަވަތަކާއި ގައުމީ ލަވަތައް ވެސް ފާހަގަކޮށްލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް