މިފްކޯގެ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ލޭ ހަދިޔާ ކޮށްފި

މިފްކޯގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ/މިފްކޯ

މިފްކޯގެ 28 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ ތެރެއިން މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކޮށްފައެވެ.

މިފްކޯގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ/މިފްކޯ

މިފްކޯގެ ހިއުމަން ރިސޯސް ޖެނެރަލް މެނޭޖަރު ހުސައިން ޝުއާޒް ވިދާޅުވީ މާލެއާއި އެހެން ސަރަހައްދުތަކުގައި ހުންނަ މިފްކޯގެ ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމު ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އަދި އަހަރީ ދުވަހާ ގުޅިގެން އިތުރު ހަރަކާތްތަކެއް ތާވަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގެ ސަބަބުން މިފްކޯގެ މުވައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން އަންގައިދީ، މުވައްޒަފުން އެކަމަށް އިތުރަށް ހޭލުންތެރި ކުރެވުނު ކަމަށް އެ ކުންފުނިން ފާހަގަ ކުރެއެވެ.

މިފްކޯގެ މުވައްޒަފުން ބުރަކޮށް އުޅޭ އުޅުމުގައި ވެސް ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާއީ އަދި ބޭނުންތެރި ހަރަކާތެއް އިންތިޒާމު ކޮށްދިން ކަން ފާހަގަކޮށް އެ ކުންފުނިން ވަނީ މޯލްޑިވްސް ބްލަޑް ސާވިސްގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް