އެމްއޭސީއެލްގެ ހިންގުން ވަގުތީ ގޮތުން ތޯހާއާ ހަވާލުކޮށްފި

އެމްއޭސީއެލް ހިންގުން ވަގުތީ ގޮތުން ހަވާލުކުރި ތޯހާ (ވ) --- ސަން ފޮޓޯ/ ފަޔާޒު މޫސަ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ވަގުތީ ހިންގުން ގޮތުން ޑެޕިއުޓީ ޗީޕް އޮފިސާ އިބްރާހިމް ތޯހާ އާ ހަވާލު ކޮށްފިއެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އެމްއޭސީއެލްގެ ހިންގުން ތޯހާއާ ހަވާލުކުރީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް މިދިޔަ ބުދަ ދުވަހު މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.

އެމްއޭސީއެލްއިން ބުނީ ގޯޑަން އެ މަގާމުތަކުން ވަކި ކުރީ ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެގޮތަށް ނިންމައި، އެންގުމުން ކަމަށެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ގޯޑަން ހަމަޖެއްސީ، މިދިޔަ އަހަރުގެ ޖޫން މަހު 28 ވަނަ ދުވަހުއެވެ.

ގޯޑަން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވުމުގައި ކޮށްދެއްވި މަސައްކަތްތަކަށް އެކުންފުނީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް