އިނގިރޭސިވިލާތުގެ ވޭލްސްގެ ހޮހޮޅައެއްގައި ތާށިވި މީހަކު 53 ގަޑިއިރަށްފަހު ސަލާމަތްކޮށްފިިއެވެ.
އޭނާ ހޮހޮޅައިގެ ތެރެއަށް ވެއްޓި ތާށިވީ ފައި އެޅުނު ގޮތަކުން ހިނގި ހާދިސާއަކާ ގުޅިގެންނެވެ. މި ހާދިސާގައި ތާށިވެފައިވަނީ މީގެ ކުރިން ވެސް ހޮހޮޅަތައް ބަލައި އެ ތަންތަނުގައި ހަރަކާތްތެރިވާ ތަޖުރިބާ ހުރި މީހެކެވެ.
"ހޮހޮޅައިގައި އޭނާ އޮންނަންޖެހުނު ވަގުތާ އަޅައިބަލައިއިރު އޭނާއަށް ލިބިފައި ހުރި އަނިޔާތައް ވަރަށް މަދު. މިވަގުތު އޭނާގެ އިތުރު ޓެސްޓުތައް ހަދަމުން އަންނަނީ. އިތުރު ތަފްސީލް ވަރަށް އަވަހަށް ހާމަވަނެ،" އެ ސަރަހައްދުގައި ހަރަކާތްތެރިި އެމަޖެންސީ ސާވިސް އޮފިސަރު ގެރީ އެވަންސް ވިދާޅުވިއެވެ.
އޭނާ ވެއްޓި ތާށިވެފައިވަނީ ވޭލްސްގެ ފަރުބަދަ މަތީ ސަރަހައްދެއްކަމަށްވާ ބްރެކޮން ބީކޮންސްގެ ހޮހޮޅައެއްގައެެވެ. އެގޮތުން އޭނާ ވެއްޓުނު ހޮހޮޅަކަމަށްވާ އޮގޮފް ފިނޫން ޑޫ ކޭވް ސިސްޓަަމަކީ ފުން ސަރަހައްދުތަކެއް ހުންނަ ހޮހޮޅައެކެވެ. މި ހޮހޮޅައިގެ އެންމެ ފުން ސަރަހައްދުގައި 275 މީޓަރު ހުރެއެވެ.
މި ހާދިސާއާއެކު މިއީ ވޭލްސްގައި ހޮހޮޅައަަކުން މީހަކު ސަލާމަތްކުރުމަށް މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ދިގު އޮޕަރޭޝަނެވެ. މި އޮޕަރޭޝަނަަށް ޖުމްލަ 53 ގަޑިއިރުވަނީ ހޭދަވެފައެވެ. އަދި 250 މީހުން ވަނީ މި އޮޕަރޭޝަނުގައި އޭނާ ސަލާމަތްކުރުމަށް ޓަަކައި އެކި ގޮތްގޮތުން މަސައްކަތްކޮށްފައެވެ.