ދިރާގު އޭޑީއެސްއެލް ކަނެކްޝަނުން ހައިސްޕީޑް ފައިބަރަށް ހިލޭ ބަދަލުކޮށްލުމުގެ ފުރުސަތު ޑިސެމްބަރުގެ ނިޔަލަށް

ދިރާގުގެ ހެޑް އޮފީސް-- ސަން ފައިލް ފޮޓޯ

ދިރާގު އޭޑީއެސްއެލް ކަނެކްޝަނުން ދިރާގު ހައި ސްޕީޑް ފައިބަރު ކަނެކްޝަނަށް ހިލޭ ބަދަލުކޮށްލުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ދިރާގުން އިތުރުކޮށްފިއެވެ.

ދިރާގުން މި ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފައިވާއިރު، މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރު ގުޅައިދިނުމުގެ ހިދުމަތް ލިބޭނެއެވެ. އަދި ފައިބަރަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން އިތުރަށް ބުނީ މިހާރު އޭޑީއެސްއެލް ކަސްޓަމަރުންގެ ގޮތުގައި ތިބި ކަސްޓަމަރުންނަށް ފައިބަރަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ދިރާގު ވެބްސައިޓުން ލިބޭނެކަމަށެވެ. އެގޮތުން www.dhiraagu.com.mv/ocs މެދުވެރިކޮށް ފަސޭހަކަމާއެކު ބަދަލުކޮށްލެވޭނެކަަށް ދިރާގުން ބުންޏެވެ.

ދިރާގު ފައިބަރު ބްރޯޑްބޭންޑަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް ލިބޭ ޕެކޭޖުތަކެވެ. އަދި އެންމެ އަވަސް ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ.

ދިރާގު ފައިބަރު ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މިހާރު މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް