ކުޅިވަރުގެ ދާއިރާއިން ބަހްރައިން އަދި ރާއްޖެއިން ގުޅުން ބަދަހިކުރަނީ

ބަހްރައިނުގެ ކުޅިވަރާ ބެހޭ ވަޒީރު އައިމަން ތައުފީގް އަބްދުއްރަހްމާން އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ---

ބަހްރައިންގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެފެއަރޒް ހިޒް އެކްސެލެންސީ އައިމަން ތައުފީގް އަބްދުއްރަހްމާން އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ބައްދަލުކުރައްވައިފިއެވެ.

މި ދެ ބޭފުޅުންގެ މެދުގައި ރަސްމީ މަޝްވަރާތައް އިއްޔެގެ ވަގުތެއްގައި ވަނީ ބަހްރައިންގައި ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ފުޓްބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް އަދި ހޭންޑްބޯލް ކުރިއެރުވުމަށް ބަހްރައިންގެ މިނިސްޓަރާއެކު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވަނީ ރާއްޖެއިން ހިޒް އެކްސެލެންސީ އައިމަން ތައުފީގް އަބްދުއްރަހްމާންއަށް މަރުހަބާ ދެންނެވުމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެ ރަސްމީ ދަތުރުފުޅެއްގެ އިޝާރާތެއް ވެސް ދެއްވާފައެވެ.

comment ކޮމެންޓް