އައިޖީއެމްއެޗް ނަރުހުގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި

މަރުވި ނަރުސް އަންހެން މީހާ އަދި އޭނާގެ ފިރިމީހާ ---

އަމިއްލައަށް މަރުވި ކަމަށް ފުރަތަމަ ބެލެވުނު އައިޖީއެމްއެޗްގެ ނަރުހުގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، އެ ނަރުސް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފިއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މަރުވި އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިއްޔެގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ އޭނާގެ ފިރިމީހާ އެކަންޏެވެ. އެއީވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ފިލިޕީންސްގެ ނަރުހެކެވެ.

އެ އަންހެން މީހާ މަރުވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އެނގިފައިވާގޮތުގައި އަންހެން މީހާގެ ހަށިގަނޑު އައީޖީއެމްއެޗަށް ގެންދިޔައީ އެތަނުގެ އެމްބިއުލާންސަކަށް ގުޅުމަށްފަހު އޭނާގެ ފިރިމީހާއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން 'ސަން' އަށް ބުނީ, އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އެ އަންހެން މީހާ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް އޭނާގެ ފިރިމީހާ އެއް ފަހަރު ބުނުމަށްފަހު, ފަހުން ބުނެފައިވަނީ ކުއްލި އަކަށް ހޭނެތިގެން ވެއްޓުނީ ކަމުގައި ކަމަށެވެ.

މި މައްސަލައިގައި އޭނާގެ ފިރިމީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި އަންހެން މީހާގެ ފޯނުވެސް ފުލުހުން މިހާރުވަނީ ހިފަހައްޓައިފައެވެ.

comment ކޮމެންޓް