ރޮނާލްޑޯއަށް އެއްމާބަނޑު ދެ ކުދިން ލިބެނީ

ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިޔާ ޖޯޖިއާ --

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

އުމުރުން ތިރީސް ހަ އަހަރުގެ ރޮނާލްޑޯ، ޖޯޖީނާ ބަލިވެއިން ހަބަރު ހިއްސާ ކުރީ އިންސްޓްގްރާމްގައި ޖޯޖިއާއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރުމަށްފަހުއެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ރޮނާލްޑޯ ބުނެފައިވަނީ ޖޯޖީނާ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއިން ކަމަށާއި ދަރިން އުފަންވާނެ ދުވަހަކަށް އިންތިޒާރު ކުރާކަމަށް ބުނެފައެވެ.

މިދެކުދިން އުފަންވުމާއެކު ރޮނާލްޑޯ ވާނީ ހަ ކުދިންގެ ބައްޕައަކަށެވެ. މީގެ ކުރިން ވެސް ރޮނާލްޑޯ އާއި ޖޯޖީނާ ވަނީ އެއްމާބަނޑު ދެކުދިން ލިބިފައެވެ. ރޮނާލްޑޯގެ އިތުރު ދެ ފިރިހެން ދަރިންނާއި އަންހެން ކުއްޖަކު ވެސް ހުރެއެވެ.

ރޮނާލްޑޯ ވަނީ އާއިލާ ހުރިހާ މެމްބަރުން އެކީގައިވެސް ފޮޓޯއެއް ހިއްސާ ކޮށްފައެވެ. މި ފޮޓޯގައި ހުރިހާ މެމްބަރުން ވެސް ދެ އިނގިލި ފެންނަ ގޮތަށް ތިބި އިރު މިކަމުން ރަމްޒު ކޮށްދެނީ އާއިލާއަށް އިތުތުވާން އުޅޭ ދެ ދަރިންނަވެ.

ޖޯޖީނާ ވެސް ވަނީ މިފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ

comment ކޮމެންޓް